ރާއްޖެއަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާގެ އަރިހަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިޙްތިރާމުގެ ޒިޔާރަތްކުރައްވައިފިއެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގައި، މައިގަނޑު ގޮތެއްގައި އަލިއަޅުވާފައިވަނީ 2 ޤައުމު ދެމެދު އޮތް އިޤްތިޞާދީ އަދި ވިޔަފާރި ގުޅުންތައް ވަރުގަދަ ކުރުމަށެވެ. މީގެ އިތުރުން ބަދަލުވުމުން އަންނަ ބައިނަލްއަޤްވާމީ ވިޔަފާރީގެ މަޙައުލުގައި އިސްތިރާޖީ ގޮތުން ދެ ޤައުމުގެ ގުޅިގެން މަސައްކަތް ކުރުމަށްވެސް ބައްދަލުވުމުގެ ތެރެއިން ވަނީ މަޝްވަރާކޮށްފައެވެ.
Had the honor of paying a courtesy call on H.E. President @anuradisanayake of Sri Lanka this morning. Our discussion focused on deepening bilateral trade and advancing strategic economic partnerships. pic.twitter.com/jQwIxkSJGc
— Mohamed Saeed (@em_saeed) July 29, 2025
މި ބައްދަލުވުމުގައި އިޤްތިޞާދީ ވަޒީރުގެ އިތުރުން ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސްރީލަންކާގެ ރައީސް ދެ ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ގުޅުންތައް ބަދަހިކުރުމަށް މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުން ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު ބާއްވާފައިވެއެވެ.