ލައިފް ސްޓައިލް

ވައިޓްހައުސްގައި ރޯދަވީއްލުމެއް ބާއްވަނީ


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފަރާތުން ދެއްވާ ޚާއްސަ ރޯދަ ވީއްލުމެއް ވައިޓް ހައުސްގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
ޚަބަރުތައް ބުނާގޮތުން ވައިޓް ހައުސްގައި ބާއްވާ ރޯދަ ވީއްލުން އޮންނާނީ އަންނަ ބުދަދުވަހުއެވެ. ވައިޓް ހައުސްގައި ރޯދަ ވީއްލުމެއް ބާއްވާގޮތަށް ހަމަޖެހިފައިވާއިރު މިދިޔަ އަހަރު ވައިޓް ހައުސްގައި ރޯދަ ވީއްލުމެއް ބާއްވާފައެއް ނުވެއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޓްރަމްޕަށް އަމާޒުވިއެވެ.
ޓްރަމްޕްގެ ކުރިން ވެރިކަންކުރެއްވި އޮބާމާ، ބުޝް އަދި ކްލިންޓަންގެ ވެރިކަމުގައި ކޮންމެ އަހަރެއްގެ ރޯދަމަހުވެސް ވައިޓްހައުސްގައި ރޯދަ ވީއްލުން ބާއްވައެވެ.
ބުދަދުވަހު ވައިޓްހައުސްގައި ރޯދަވީއްލުން ބާއްވާގޮތަށް ހަމަޖެހިފައިވީނަމަވެސް، ރޯދަވީއްލުމަށް ދަޢުވަތުދޭނީ ކޮންކޮން ބަޔަކަށްކަމެއް އަދި ނޭނގެއެވެ.