ކާނާ

ރެސިޕީ: ނަޓެއްލާ ނޯ-ބޭކް ކުކީޒް


އެންމެ ފަނަރަމިނުޓުން މީރު ފޮނި އެއްޗެއް ތައްޔާރުކުރަން ބޭނުންތަ؟ މިއީ ތައްޔާރުކޮށްލަން ފަސޭހަ، މީރު އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:
2 ޖޯޑު ހަކުރު
½ ޖޯޑު ބަޓަރު
½ ޖޯޑު ކިރު
10 އައުންސް (1 ޕެކެޓު) ޗޮކޮލެޓް ޗިޕްސް
½ ނަޓެއްލާ
3 ޖޯޑު ރޯލްޑް އޯޓްސް (ކުކީޒް ހަދަން ބޭނުންކުރަ ރޯފިލުވާފައިވާ)

ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ޓްރޭއެއްގައި ޕާޗްމަންޓު ގަޑުއަޅާލާށެވެ.
ތަވައެއްގައި ހަކުރު، ބަޓަރު، ކިރު އެއްވަންދެން މަޑުގިނީގައި ކައްކާލާށެވެ. ރަގަނޅަށް ހުރިހާ އެއްޗެއް އެއްވުމުން އުނދުންމަތިން ތަވާ ނަގާފައި 3 މިނެޓު މަޑުކޮށްލާށެވެ.

އެއަށްފަހު ތަވާގައި އެއްކުރި އެއްޗެހީގެތެރެއަށް ޗޮކޮލެޓް ޗިޕްސްއާއި ނަޓެއްލާކޮޅު އަޅައި އެއްކޮށްލާށެވެ. ދެން އޯޓްސްކޮޅުވެސް އަޅާލައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކުދިކުދި ވައްގުޅަ ވަށައި، ކުރިން ޕާޗްމަންޓު ޕޭޕަރއެޅި ޓްރޭގެ މަތީ އަތުރާލާށެވެ. ފްރިޖުގައި 1 ގަޑިއިރު ފިނިކޮށްލުމުން ހުންނާނީ ނޯ ބޭކް ކުކީޒް ހެދިފައެވެ.