ޚަބަރު

އެމްޓީސީސީ ހުނަވަރު އެޕްރެންޝިޕް ޕްރޮގްރާމް ފަށައިފި


  • މިއީ 3 މަސް ދުވަހުގެ ޕްރޮގްރާމެއް

  • ބައިވެރިންނަށް 8000 ރުފިޔާގެ އެލަވެންސެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ ހުނަވަރު ރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފިއެވެ،

އެމްއެންޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސަޢީދެވެ. މި ޕްރޮގްރާމްގައި މިފަހަރު އެކި ދާއިރާތަކުން 56 ބައިވެރިން ތަމްރީނުކުރުމަށް ހަމަޖެހިފައިވެއެވެ.

ހުނަވަރު ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލި ދާއިރާތަކުގެ ތެރޭގައި މެރިން މެކޭނިކް ޓްރެއިނީ، މެކޭނިކް ޓްރެއިނީ، ވެލްޑަރ ޓްރެއިނީ، ފައިބަރގްލާސް ޓެކްނީޝަން ޓްރެއިނީ، އޮޓޯމޮބައިލް މެކޭނިކް ޓްރެއިނީ ފަދަ ދާއިރާތައް ހިމެނެއެވެ.


"ހުނަވަރު" އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތަކުން އިސްނަގައިގެން، ޒުވާނުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ އާއި ފަންނީ ހުނަރު ދަސްކޮށްދިނުމަށް ހިންގާ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 8000 ރުފިޔާގެ އެލަވެންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

އެ ޕްރޮގްރާމްގެ ބޭނުމަކީ ދިވެހި ޒުވާނުން ބާރުވެރިކުރުވާ، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްޤީކުރުމެވެ. މިއީ 3 މަސް ދުވަހުގެ ޕްރޮގްރާމެކެވެ.