ކާނާ

ރެސިޕީ: ކްރަންޗު ބާރ


މިއީ މަދު އިންގްރީޑިއެންޓްސް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ފަސޭހަ ޑެޒާޓެއް. ރޯދަމަހަށް މިއީ ވަރަށް ކަމުދާނެ ޑެޒާޓެކެވެ.

ބޭނުންވާ ތަކެތި :
680 ގްރާމް ޗޮކޮލެޓް ޗިޕްސް
½2 ރައިސް ކްރިސްޕީސް (ކޯންފްލޭކްސްގެ ވައްތަރެއް)
ކުޑަ ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް :
8 ބައި 8 އިންޗީގެ ކޭކް ފިހާ ޕޭންގައި ޕާޗްމަންޓު ޕޭޕަރ އަޅާލާށެވެ. މައިކްރޯވޭވް އަވަނެއްގައި ޗޮކްލެޓްޗިޕްސް މެލްޓްކޮށްލާށެވެ. ނޫނީ ތާހަކަށް ފެންއަޅާފައި އެތާސް މައްޗަށް ކުޑަ ތާހެއް ލައިގެންވެސް މަޑު ގިނީގައި ޗޮކޮލެޓްޗިޕްސް މެލްޓްކުރެވިދާނެއެވެ. ދެން މެލްޓްކުރާ ޗޮކޮލެޓްގެ ތެރެއަށް ރައިސް ކްރިސްޕީސްތައް އަޅާ ރަގަނޅަށް މިކްސްކޮށްލާށެވެ. އެއަށްފަހު ކުރިން ޕާޗްމަންޓްޕޭޕަ އެޅި ޕޭނަށް މިކްސްގަނޑުއަޅާ އެއްވަރުކޮށްލާށެވެ. ކުޑަ ލޮނުކޮޅެއް މައްޗަށް ބުރުއްސާލާފައި ފްރިޖަށްލާ 30 މިނެޓް ވަންދެން ފިނިކޮށްލާށެވެ. މިހާރު ކްރަންޗު ބާރ މިހިރީ ތައްޔާރުވެފައި. ދެން ފޮތިފޮތިކޮށް އިންސާފުކޮށްލަންވީ އެވެ.