ކާނާ

ރެސިޕީ: މަޓަން ބްރެޑް ރޯލްސް


ކުޅި ގަދަކޮށް ތައްޔާރުކޮށްފައިވާ މިމަޓަން ސްޓްރިޕްސަކީ ރޯދަވީއްލާގަޑީގައި ސުފްރާމަތިން އިންސާފުކޮށްލަން ވަރަށް މީރު ޑިޝްއެކެވެ. ތައްޔާރުކުރުމަށްވެސް މާއުދަގޫ ޑިޝްއެއްވެސް ނޫނެވެ.

ބޭނުންވާނެ ތަކެތި:
300 ގްރާމް މަޓަން (މިންސްކޮށްފައި)
1 ފިޔާ (ކުދިކޮށް ކޮށާފައި)
3 ފެހި ތޮޅި މިރުސް (ތުނިކޮށް ކޮށާފައި)
ކޮރިއަންޑާ ފަތް (ޗޮޕްކޮށްފައި)
1 ސްޕްރިންގް އަނިއަން (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ގާލިކް ޕޭސްޓް
6 ސްލައިޒް ޕާން ފޮތި (ކްރަސްޓް ނަގާފައި)
1 ބިސް
ލޮނު
އަސޭމިރުސް
ލުނބޯ ހުތް (3 މޭޒުމަތީ ސަމުސާ)
ކޯން ފްލާ (2 މޭޒުމަތީ ސަމުސާ)
ފުށް (1 މޭޒުމަތީ ސަމުސާ)
އެއްޗެތި ތެލުލެވޭވަރަށް ތެޔޮ

ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ 300 ގްރާމް މިންސް މަޓަން، 1 ފިޔާ، 3 މިރުސް، ¼ ކޮރިއަންޑާ ފަތް، 1 ސްޕްރިންގް އަނިއަން އަދި 1 މޭޒުމަތީ ސަމުސާ ގާލިކް ޕޭސްޓް މިކްސަރެއްގައި މިކްސްކޮށްލާށެވެ.

މިކްސްކުރި ތަކެތި ބޮޑު ބޯތައްޓަކަށް އަޅާލާ މީގެތެރެއަށް 1 ބިސް، 2 މޭޒުމަތީ ސަމްސާ ކޯން ފްލާ، 1 މޭޒުމަތީ ސަމުސާ އާދައިގެ ފުއް، ލޮނު، އަސޭމިރުސް އަދި ލުނބޯ ހުތް އަޅާ ވަރަށް ރަގަނޅަށް އެއްވާވަރަށް މިކްސްކޮށްލާށެވެ.

ދެން ކްރަސްޓް ނަގާފައިވާ ޕާން ފޮތިތަށް ރޯލިން ޕިނަކުން ރަނގަޅަށް ދަމާލާށެވެ. އަދި ދަމާފައިވާ ޕާންފޮތިތަކުގެ މެތީގައި މިކްސްކުރި ބައި ކާއްތާލައި ސުއިސް ރޯލްއެއްހެން އޮޅާލާށެވެ. ތާހެއްގައި ތެޔޮ ހޫނުކޮށްފައި މަޑުގިނީގައި ބެހެއްޓުމަށްފަހު ރޯލްކޮށްފައިވާ މަޓަން ބްރެޑް ރޯލްސް ރީދޫ ވަންދެން ތެލުލާށެވެ. މިއީ ސޯސްއާއެކު ކާލަން މީރު އެއްޗެކެވެ.