ކާނާ

ރެސިޕީ: އަފްޢާން ޓޮމާޓޯ، ކިއުކަންބާ، އޮނިއަން ސެލަޑް


މިއީ ތައްޔާރުކޮށްލަން ފަސޭހަ، އެހާމެ މީރު ސެލަޑެކެވެ. އަދި ހަށިގަނޑުގައި ވަރުޖައްސާލަން ރަގަނޅު އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:
3 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
ކުޑަ ކިއުކަންބާއެއް (ތޮށި މަށާ، ކުދިކޮށް ކޮށާފައި)
1 ކުޑަ ފިޔާ (ކުދިކޮށްކޮށާފައި)
¾ ޖޯޑު ކުދިކޮށްކޮށާފައި ހުރި ސިލާންޓްރޯ
3 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
ބޭނުންވާ ވަރަށް ލޮނު، އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:
ބޮޑު ބޯތައްޓެއްގައި ހުރިހާ ތަރުކާރިއެއް އެއްކޮށްލާށެވެ. އެއްކޮށްލި އެއްޗެތި ތެރެއަށް ލުނބޯ ހުތް އަޅާލާށެވެ. އަދި ލޮނު އަސޭމިރުސް ރަހަލާވަރަށް އަޅައި މިކްސްކޮށްލާށެވެ. މިހާރު މިހުރީ ސެލެޑް ތައްޔާރުވެފައެވެ. ދެން ގަޑިއެއްހާއިރު ސެލެޑް ފްރިޖަށްލައި ފިނިކޮށްލާށެވެ.
މިއީ ހާރުކާގަޑީގައި ވިޔަސް ނުވަތަ، ރޮއްޓާއި ސައިޑް ޑިޝްއަކާއެކުވެސް ކާލަން މީރު ސެލެޑެކެވެ.

ޝަރާ

ސާޝާ، ފެންވަރުހުރި ލިއުންތައްހުރި އޮންލައިން ނޫސްތައް އިހްތިޔާރުކުރައްވާ!

ސާޝާ

1 ކުޑަ ދިޔާ. މިއީ ކޯއްޗެއްބާ؟ ފެންވަރުނެތް ލިޔުމެއް