ޚަބަރު

އިންގްލަންޑާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ: ޔޫލްމަން


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގައި މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑެންމާކްގެ ކޯޗު، ކެސްޕާ ޔޫލްމަން ބުނީ، އިންގްލެންޑާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ ކަމަށެވެ.

ޔޫލްމަން ބުނީ، އޭނާގެ ޓީމުން ނިކުންނަނީ ވަރުގަދަ ޓީމަކާ ދެކޮޅަށް ކަމަށެވެ. އަދި މި ފަހަރުގެ މެޗު އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދެ ޓީމު ބައްދަލުކުރި މެޗާ މުޅިން ތަފާތު ވާނެ ކަމަށެވެ. އޭނާގެ ޓީމުން މަސައްކަތްކުރާނީ މެޗު ކާމިޔާބުކުރަން ކަމަށް ޔޫލްމަން ބުންޏެވެ.

ޑެންމާކްގެ ރަސްގެފާނުގެ ފަރާތުން ލިބެމުން އަންނަ ސަޕޯޓާ ގުޅޭގޮތުން އެ ޓީމުގެ ގޯލްކީ، ކެސްޕާ ޝުމައިކަލް ބުނީ، އެމީހުން ކުޅޭ މެޗު ބަލަން އައުމަކީ ލިބޭ ޝަރަފެއް ކަމަށާއި، އުއްމީދަކީ އެ މެޗު ކާމިޔާބުކުރުން ކަމަށެވެ.

ޝުމައިކަލް ބުނީ، އިންގްލެންޑް ބަލިކުރެވޭނީ ޑެންމާކްގެ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދައްކައިގެން ކަމަށެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑާއި ޑެންމާކް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.