ޚަބަރު

ހިތަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި


  • ހިތަދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓް ހުންނާނެ

  • ޖާގަ ތަނަވަސް ހައުސިންގ ޔުނިޓްތަކެއް

  • ދަޢުތަކުގެ ބަޖެޓުން 214.8 މިލިޔަން ރުފިޔާ ޚަރަދުކުރޭ

ސ. ހިތަދޫގައި 200 ހައުސިން ޔުނިޓް ޢިމާރާތްކުރުމަށް، ފީޓީ ސިޓްރަމްސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާރ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތަށް ދަޢުތަކުގެ ބަޖެޓުން 214.8 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

ހިތަދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓް ހުންނާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓީން ރޫމް، ބަދިގެ ކާގެ އަދި ލޯންޑަރީއާއި، ސްޓޯރރޫމް ހުންނަނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރަށް ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކޮށް ޕާކަކާއި ވެހިކަލްތައް ޕާކްކުރާނެ ސަރަހައްދެއް ހަދާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ހިތަދޫގައި 200 ހައުސިން ޔުނިޓް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރައްވާފައިވަނީ ޑިރެކްޓަރ ޖެނަރަލް އަޙްމަދު ވިޝާން ނަސީމްއެވެ. އަދި ފީޓީ ސިޓްރަމްސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާރ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުސްތާގް އިބްރާހިމްއެވެ.