ޚަބަރު

ތިން އިންތިޚާބަކަށް ކެނޑިޑޭޓުންގެ ނަން ތަރުރީބުކޮށްފި


އަންނަ މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 3 އިންތިޚާބެއްގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ.

އަންނަ މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ޅ.ކުރެންދޫ ކައުންސިލް ރައީސްކަމުގެ އިންތިޚާބާއި، ދ.މީދޫ އަދި ފ.ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބެވެ.

ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބުގައި ވާދަކުރަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓަކާއި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓެކެވެ.

ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރެވިފައިވާ ގޮތް:
1. ޢަލީ ނަސީމް / އެމްޑީޕީ
2. އިސްމާއިލް މަދީހު / ޕީޕީއެމް

ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަމަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ފ.ނިލަންދޫ އަދި ދ.މީދޫ އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައްވެސް ތަރުތީބުކޮށްފައެވެ. ނިލަންދޫ އަންހެނުންގެ ކޮމެޓީގެ ގޮޑިއަށް 5 ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ އަމިއްލަ ގޮތުން 3 ކެނޑިޑޭޓުންނާއި، އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީގެ ކެނޑިޑޭޓެކެވެ.

ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރެވިފައިވާގޮތް:
1. މުނީރާ އިބްރާހީމް ޠާހިރާ އިސްމާޢީލް،
2. ޚަދީޖާ ޢަލީ، / އެމްއެންޕީ
3. ޠާހިރާ އިސްމާޢީލް، / އަމިއްލަގޮތުން
4. ރަނިއްޔާ ނަޞީރު / ޕީޕީއެމް
5. އާމިނަތު ޢަލީ، / އަމިއްލަގޮތުން

ދ.މީދޫ އިންތިޚާބުގައި ވާދަކުރަނީ 4 ކެނޑިޑޭޓުންނެވެ. މިއިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އެމްއެންޕީއާއި، އެމްޑީއޭގެ އިތުރުން އަމިއްލަ ގޮތުން ކެނޑިޑޭޓަކު ވާދަކުރެއެވެ.

ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރެވިފައިވާގޮތް:
1. އާމިނަތު ފަޒްނާ، / އެމްޑީޕީ
2. ޝުޢުލާ ވަޙީދު / އެމްއެންޕީ
3. ހުދުނާ ޢަބްދުލްޢަޒީޒު / އެމްޑީއޭ
4. ޢާއިޝަތު ސަމާ / އަމިއްލަގޮތުން

އިލެކްޝަންސް ކޮމިޝަނުން ވަނީ މިތިން އިންތިޚާބުގައިވެސް މޮނިޓަރުންނަށާއި، އޮބްޒާވަރުންނާއި، ކެނޑިޑޭޓުންގެ މަންދޫބުންނަށް ހުޅުވާލާފައެވެ. މިފަރާތްތަކުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން އިލެކްޝަނަށް ފޯމުތައް ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ.