ތަރައްްޤީ

ފެންފުށީ ސްކޫލުގައި އިތުރު ކްލާސްރޫމްތަކެއް އެޅުމަށް ބަޔަކާ ޙަވާލުކޮށްފި


އދ. ފެންފުށީ ސްކޫލުގައި އިތުރު ކްލާސްރޫމްތަކެއް އެޅުމަށް އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. އަދި ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ ހަސަން އިބްރާހީމް ދީދީއެވެ.

މިއީ ސަރުކާރުގެ މިއަހަރުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން އދ. ފެންފުށި ސްކޫލައި 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކުރުމަށް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި ވަނީ ޙަވާލުކޮށްފައެވެ. އަދި އެކުންފުންޏާއި މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 140 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ފުރިހަމަކުރާގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢަށް ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ.