ޚަބަރު

އަލްމަރްޙޫމް ޢަލީ ޢުމަރުމަނިކު ފަސްދާނުވަޑުވައިފި


ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަހު، ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވައި، އަދި ދައުލަތުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަލްމަރްޙޫމް ޢަލީ ޢުމަރު މަނިކު ކަށުނަމާދަށްފަހު ސިންގަޕޫރުގައި ފަސްދާނުވަޑުވައިފިއެވެ.އެމަރްޙޫމްގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ވަގުތީ ގޮތުން ހިންގެވުމާ މިހާރު ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ. އަލްމަރްޙޫމް ޢަލީ ޢުމަރު މަނިކު ފަސްދާނުވެޑުވީ ޢަޞްރު ވަގުތު ކުރެވުނު ކަށުނަމާދަށްފަހު ސިންގަޕޫރުގައެވެ. އެމަރްޙޫމްގެ މައްޗަށް ރާއްޖޭގައި، ޣައިބަށް ކުރެވޭ ކަށުނަމާދު ކުރުން އޮންނާނީ މިރޭ ޢިޝާ ނަމާދަށްފަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައެވެ.އަލްމަރްޙޫމް ޢަލީ ޢުމަރު މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، ސިންގަޕޫރުގައި 19 ޑިސެންބަރު 2015 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.