ޚަބަރު

ޚާއްސަ އިނާމާބެހޭ ކޮމިޓީއަށް ޝާހީން


މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ މެންބަރަކަށް، މައްޗަންގޮޅީ ވިލާރޮދި ޢާއިޝަތު ޝާހީން، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. ޢާއިޝަތު ޝާހީން މިހާރު އަދާކުރައްވަމުން ގެންދަވަނީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ރިސާރޗް އެންޑް އިނޮވޭޝަން ކަމުގެ މަޤާމެވެ.ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު މި ހަމަޖެއްސެވީ،އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ މުޙައްމަދު ޢާޞިމް، ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ޢައްޔަން ކުރެއްވުމާ ގުޅިގެންނެވެ.