ކޯވިޑް-19

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ


ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 7:45 ހާއިރުކަމަށެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 238 ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އެންމެފަހުން މީހަކު ނިޔާވެފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ނިޔާވެފައިވަނީ އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާއިރު، ފަހަކަށް އައިސް މާލެއަށްވުރެ އަތޮޅުތަކުން ފެންނަ ކޭސްތައް ގިނަކަން ފާހަގަކޮށްލަންޖެހެއެވެ.