ޚަބަރު

ކޯވިޑަށް ޕޮޒިޓިވްވި އަދަދު މިއަދުވެސް 100އިން މަތީގައި!


އަތޮޅުތަކުން ޕޮޒިޓިވްވި 78 މީހުންނާއެކު ރާއްޖެއިން އަަލަށް 115 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު ޖުމުލަ މީހުންގެ އަދަދު 77،547 އަށް ވަނީ އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން އާދިއްތަ ދުވަހު އިރުއޮއްސި 6:00 އާ ހަމައަށް ޕޮޒިޓިވްވި 115 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 23 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވ 78 މީހުންނެވެ. މީގެ އިތުރުން ރިސޯޓުތަކުން 12 މީހަކާއި ސަފާރީތަކުން 2 މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 77،547 އަށް އަރާފައެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 2556 އަށް އަރާފައެވެ. މީގެތެރެއިން 20 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވި 160 މީހުންނާއެކު ޖުމުލަ 74،758 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5573 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.