ކޯވިޑް-19

ކޯވިޑް-19 : މިއަދުވެސް 1،400އަށްވުރެ ގިނަ މީހުން ޕޮޒިޓިވް، ނުރައްކާބޮޑީ މާލޭ ސަރަޙައްދުގައި


ކޯވިޑް-19އަށް އިތުރު 1،400 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވެފައިވަނީ ގްރޭޓަރ މާލޭ ސަރަޙައްދުންނެވެ. އެގޮތުން ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 1،465 މީހުންގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 1،213 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 244 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 58 މީހުންނެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު މިވަނީ 47،421އަށް އަރާފައެވެ.

ކޯވިޑް-19އަށް އަލަށް ޕޮޒިޓިވްވެފައިވާ މީހުންނާއެކު މިވަގުތު 18،221 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 268 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން ދަތުރުމަވަންތަ ހޮސްޕިޓަލްގައި 5 މީހުންނަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި މިބަލިން 237 މީހަކުވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 29،086އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،703 ސާމްޕަލެއް ވަނީ ނަގާފައެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 105 މީހުންވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 92 ދިވެހިންނާ 13 ބިދޭސީންނެވެ.