ޚަބަރު

ކޯވިޑް-19 : 28 ރަށެއް މޮނިޓަރިންގައި


ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މިހާރު 28 ރަށެއް މޮނިޓަރިންގ ހާލަތުގައި އެބައޮތްކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ 28 ރަށެއް މޮނިޓަރިންގައި އޮތްއިރު މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހާ ހަމައަށް ކޮވިޑްގެ ކޭސްތަކެއް ފެނިގެން 12 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށެވެ.
އެރަށްތަކަކީ،
އައްޑޫ ސިޓީ، ހއ. ދިއްދޫ، ފ. ފީއަލި، އއ. މަތިވެރި، ކ. ގުރައިދޫ، ފ.ނިލަންދޫ، ލ.އިސްދޫ، އދ.ފެންފުށީ، ލ. މާވަށް، ޏ. ފުވައްމުލަށް، ނ. ވެލިދޫ، އަދި ށ. ފުނަދޫއެވެ.

އެޕްރީލްމަހުވެސް ކޮވިޑް ކޭސްތަކެއް ފެނި އެޗްޕީއޭއިން ވަނީ 16 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އެރަށްތަކަކީ،
އދ. މާމިގިލި، ތ ވޭމަންޑޫ، ތ މަޑިފުށި، ބ. އޭދަފުށީ، ކ ހިންމަފުށީ، ކ ގުޅި، ކ. މާފުށި، އއ މަތިވެރި، ލ މާންދޫ، ލ ގަން، ލ ފޮނަދޫ، ގދ ތިނަދޫ، އއ އުކުޅަސް، ކ ތުލުސްދޫ، ލ ދަނބިދޫ، އއ ރަސްދޫ ހިމެނެއެވެ.

މިރަށްތަކުގެ އިތުރުން މާޗުމަހު ކޯވިޑް ކޭސްތަކެއް ފެނިގެން ޅ.ނައިފަރުވެސް ވަނީ މޮނިޓަރިންނަށް ލާފައެވެ.

ރާއްޖޭގަ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދިއުމާއި ގުޅިގެން އަތޮޅުތެރޭގެ 5 ރަށެއްގައި ކާފިއު ހިންގަންވެސް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެޗްޕީއޭއިން ކާފިއު ހިންގަން ނިންމާފައިވަނީ ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުށީގައެވެ. އެގޮތުން އެރަށްރަށުގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.