ޚަބަރު

އޭދަފުށިން އިތުރު 14 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 160އަށް


ބ.އަތޮޅު އޭދަފުށިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު އޭދަފުށިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދުވަނީ 160އަށް އަރާފައެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުން އޭދަފުށިން މިހާރު ޕޮޒިޓިވް ކޭސްތައް ފެންނަމުންދަނީ ބަލި ފެނިގެން ކަރަންޓީން ކޮށްފައިވާ މީހުން ތިބި ގެތަކުންނެވެ. އެގޮތުން އަލަށް ޕޮޒިޓިވްވި 14 މީހުންނަކީވެސް ބަލި ފެނިގެން ކަރަންޓީންކޮށްފައިވާ ގެތަކުން ޕޮޒިޓިވްވި މީހުންނެވެ.

ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ އޭދަފުށީ ކައުންސިލާއި ހޮސްޕިޓަލާއި ފުލުހުން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބ. އޭދަފުށީގައި ކޯވިޑް-19 ފެތުރި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ، ކަރަންޓީންކޮށްފައިވާ ގެތަކަށް ބ. އަތޮޅު ރީތި ބީޗް ރިސޯޓްގެ ފަރާތުންވަނީ މިއަދު ކެއާޕެކޭޖްތައް ހަދިޔާކޮށްފައެވެ.