ޚަބަރު

އޭދަފުށިން އިތުރު 10 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


އޭދަފުށިން އިތުރު 10 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އޭދަފުށިން އިތުރު 10 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 24 އަށް އަރާފައެވެ. ޕޮޒިޓިވްވި މީހުންގެތެރޭގައި ރޯގާގެ އަލާމާތްތަކެއް ހުރެގެން މިއަދު ބ.އަތޮޅު ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކުވެސް ހިމެނެއެވެ.

އޭދަފުށިން މި ބައްޔަށް މީހަކު އެންމެ ފުރަތަމަ ޕޮޒިޓިވްވީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

މިހާތަނަށް އެރަށުން 452 ސާމްޕަލްއެއް ވަނީ ނަގާފައެވެ. އިތުރު ސާމްޕަލްތަކެއް ޓެސްޓްހެދުމަށް މާފަރުގައި ހުންނަ ލެބޯޓަރީއަށް ފޮނުވާފައިވާކަމަށާ، އެ ސާމްޕަލްތުގެ ނަތީޖާވެސް މިރޭ ލިބޭނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މިބަލި އެރަށުގައި ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ކައުންސިލުން ބަލިން ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ.