ޚަބަރު

ފަރުވާއަށްފަހު ބ.އަތޮޅު ހޮސްޕިޓަލްގެ ކޯވިޑް ފެސިލިޓީން 15 މީހުން ދޫކޮށްލައިފި


ބ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީން ފަރުވާއަށްފަހު 15 މީހުން ދޫކޮށްލައިފިއެވެ. އެހޮސްޕިޓަލުން ބުނީ މި ފަނަރަ މީހުންދޫކޮށްލާފައިވަނީ ބަލިން މުޅިން ރަނގަޅުވެގެންކަމަށެވެ.

ބ.އަތޮޅު ކޯވިޑް ފެސިލިޓީގައި މިހާރު ފަރުވާ ދެމުންދަނީ ހަތަރު މީހަކަށެވެ. މިހަތަރު މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި، މީގެ ތެރޭގައި 92 އަހަރުގެ ފިރިހެނެއް ހިމެނޭކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިފެސިލިޓީއަށް ފަރުވާއަށް ގެންދިޔަ މީހުންގެ ތެރޭގައި އެންމެ ގިނައީ ޅ އަތޮޅުން އެންމެ ބޮޑަށް މިބަލި ފެތުރެމުންދާ ފެލިވަރުން ގެންދިޔަ މީހުނެވެ. އެގޮތުން 18 މީހަކު ފެލިވަރުން ފަރުވާއަށް ގެންގޮސްފައިވެއެވެ.

ކޯވިޑަށް ފަރުވާދޭން ޚާއްސަކޮށްފައިވާ އޭދަފުށީ މެޑިކަލް ފެސިލިޓީގެ ޖާގަ އަކީ 20 އެވެ. އޭދަފުށީގައި ގާއިމުކުރި މެޑިކަލް ފެސިލިޓީއަށް ގެންދަނީ ނ،ރ،ބ،ޅ މިހަތަރު އަތޮޅުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނެވެ.