ޚަބަރު

ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ތަޒްކިޔާ މުގުރާލައިފި


އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑް އަމްނާ ތަޒްކިޔާ މިރުޞާދު މުގުރާލައިފިއެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ތަޒްކިޔާ މި ރިކޯޑު މުގުރާލީ އެއް މިނެޓު 04.04 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ ވަނީ ޔޫ.ޑަބްލިއު.އެސް.ސީ (ދަ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިންގ ކުލަބު) ކުލަބު ނައިޓް ނަންބަރު 5 ގައި ވާދަކޮށް ޢާއިޝަަތު ޢުލްޔާ ޝާއިޤެވެ.

ޢުލްޔާ މި ރިކޯޑު އޭރު އަައުކޮށްފައިވަނީ އެއް މިނެޓު 04.32 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.