ޚަބަރު

ކޯވިޑް-19 : މާފަރު ލެބުން ދިވެހިންނަށް ކޮންމެދުވަހަކު 100 ޓެސްޓް ހިލޭ


ނ.އަތޮޅު މާފަރުގައި ސޮނެވާ ފައުންޑޭޝަނާއި، ވެލާ ޕްރައިވެޓް ރިސޯޓް ގުޅިގެން ހަދާފައިވާ ލެބުން ކޮންމެދުވަހަކުވެސް ކޯވިޑް-19އަށް ދިވެހިންނަށް 100 ޓެސްޓް ހިލޭ ހަދައިދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ސޮނޭވާ ފައުޑޭޝަނުން ބުނީ ބޮޑު މަރާމާތަކަށްފަހު މިލެބް މިދިޔަ ހަފްތާގައި އަލުން ހުޅުވާފައި ވާކަމަށާއި، އެހެން ކަމުން ތަނުގެ ޖާގަ ތަނަވަސްވެ އިތުރު މެޝިނަރީއާއެކު އެ ލެބް ހިންގަންފަށާފައިވާކަމަށެވެ. އަދި ދިވެހިންނަށް ހިލޭ ޓެސްޓް ހަދައިދީ ރިސޯޓްތަކަށް ހަދައިދޭ ޓެސްޓްގެ އަގު ދަށްކުރީ ލެބްގެ ޓެސްޓިން ކެޕޭސިޓީ އިތުރުންވުމުންކަމަށްވެސް އެކުންފުނިން ބުނެއެވެ.

ސޮނޭވާ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިންނަށް ކޮންމެ ދުވަކު 100 ޓެސްޓް ހިލޭ ހައިދޭގޮތަށް ނިންމި މައިގަނޑު އެއްސަބަބަކީ، ދައުލަތުން ކޯވިޑް 19 ހުއްޓުވުމަށް ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ އެހެން ކުންފުނިތަކަށް ނަމޫނާ ދެއްކުމުގެ ބޭނުމުގައިކަމަށެވެ.

އަލުން މި ލެބް ހުޅުވާ ޚިދުމަތްދޭން ފެށިއިރު، ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ ގައިން ނަގާ ސާމްޕަލް ޓެސްޓް ހަދައިދޭ އަގުވަނީ ހެޔޮކޮށްފައެވެ. މިދިޔަ އަހަރުގެ ޖުލައިމަހު މިތަން ހުޅުވައިގެން ފަތުރުވެރިއަކަށް ޕީސީއާރު ޓެސްޓެއް ހަދައިދެނީ 100 އެމެރިކާ ޑޮލަރަށެވެ. އޭގެ ދުވަސްކޮޅެއްފަހުން އެއަގު 55 ޑޮލަރަށް ދައްކުރުމަށްފަހު، މަރާމާތަށްފަހު އަލުން ހުޅުވިއިރު، ފަތުރުވެރިއަކަށް ޓެސްޓެއް ހަދައިދެނީ 40 ޑޮލަރަށެވެ. މިއީ ރާއްޖޭގައި ކޯވިޑް 19 އަށް ފަތުރުވެރިންނަށް ޓެސްޓްހެދޭނެ އެންމެކުޑަ އަގު ކަމަށް ސޮނޭވާފުށިން ބުނެއެވެ.

ޓެސްޓްތައް ހަދައިގެން ލިބޭ އާމްދަނީ ދިނުމަށް ހަމަޖެހިފައިވަނީ ސޮނޭވާފުށި ރިސޯޓްއިން ހިންގާ "ނަމޫނާ ބާ" ޕްރޮޖެކްޓްއަށެވެ.