ޚަބަރު

ކޯވިޑް-19 : އޭދަފުށީގައި ހޯމް ކަރަންޓީންގައި ތިބި ހަ މީހަކު ޕޮޒިޓިވްވެއްޖެ


ބ.އޭދަފުށީގައި ހޯމްކަރަންޓީންގައި ތިބި 6 މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިހަމީހުން ކޯވިޑް 19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އަލާމަތްތައްފެނިގެން ހެދި ޓެސްޓްތަކުންނެވެ.

މި ހަމީހުންގެ ތެރޭގައި ހަމަސް ނުފުރޭ ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެކުއްޖާގެ ހާލު ރަނގަޅު ކަމަށް ބ.އަތޮޅު ހޮސްޕިޓަލާއި ހަވާލާދީ އެރަށު ކައުންސިލުން މައުލޫމާތުދެއްވައެވެ. މިހަމީހުންނާއެކު އޭދަފުށިން ޖުމްލަ 27 މީހަކުވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް މިހަމީހުން ފިޔަވައި އެންމެންވެސް ބަލިން ރަނގަޅުވުމުންވަނީ ދޫކޮށްލާފައެވެ.

ހޯމް ކަރަންޓީނުގައި މީހުން ތިބޭއިރު، އެމީހުންނާއި ބައްދަލުކުރަން ނުދިއުމަށާއި، ކަރަންޓީނުގައި ތިބޭ މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.