އަތޮޅުތައް

އައްޑޫ ސިޓީގެ ލިންކް ރޯޑް މަރާމާތުކުރަން ފަށައިފި


އައްޑޫ ސިޓީގެ
ލިންކް ރޯޑްގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މަގުތައް
މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ. 



މޯލްޑިވްސް ރޯޑް
ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ
އައްޑޫ ލިންކް ރޯޑުގެ މަރާމާތުގެ މަސައްކަތް އިއްޔެ ފަށާފައިވާކަމަށާ، މަގުގައި
ހަލާކުވެފައި ހުރިތަންތަން މަރާމާތުކުރުމާއި، މަގު އެއްވަރު ކުރުމަށް
ހަމަޖެހިފައިވާކަމަށެވެ. އަދި މިމަސައްކަތުގެ ތެރެއިން މަގުމަތީގެ ނިޝާންތައް
ހަރުކުރުމާއި، ލިންކް ރޯޑް ގައި ސްޕީޑް ބްރޭކަރސްތައް ހެދުމުގެ އިތުރަށް މަގުގެ ލެނބޭ
ދިމާލުގައި ރިފްލެކްޓަރސްތައް ހަރުކުރެވޭނެކަމަށް ނަޒީމް ވިދާޅުވިއެވެ. 



މިޕްރޮޖެކްޓަކީ
އެކެއް ޕޮއިންޓް ދޭއް މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. 



މީގެ އިތުރަށް
ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަަކައި އީއައިއޭ ހެދުމަށް
އެންވަޔަރްމަންޓް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށްވެސް ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަނުން ބުނެއެވެ.