ޚަބަރު

ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ބައެއް ސާވޭތައް ނިންމާލައިފި


ބ.ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް އިނީޝިއަލް ސާވޭ އަދި ގްރައުންޑް ލެވެލް ސާވޭކޮށް ނިމިފައިވާކަމަށް އެމް.ޑަބްލިއު.އެސް.ސީން ބުނެފިއެވެ.

އެމް.ޑަބްލިއު.އެސް.ސީން ބުނީ، ސާވޭތައް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ޑީޓެއިލްޑް ޑިޒައިން ހެދުމަށްޓަކައި އީ.އައި.އޭ ހެދުމުގެ މަސައްކަތްތައް ކަމަށެވެ.

ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ކެންދޫގައި، އާރ.އޯ ފެސިލިޓީ ބިލްޑިންގއެއް އެޅުމާއި، ބޯހޯލް ތޮރުފާ، ފެނުގެ ވިއުގައެއް ޤާއިމްކޮށް ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި، 2 އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރުމަށް ޓޭންކްތައް ބަހައްޓާނެއެވެ. މީގެ އިތުރުން ވާރޭފެން ރައްކާކުރުމަށްވެސް ޓޭންކެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރެއިންވޯޓަރ ހާވެސްޓިންގ ސިސްޓަމްއެއް ޤާއިމްކުރުންވެސް މިމަސައްކަތުގެ ދަށުން ކުރިއަށްދާނެއެވެ.

ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން އެރަށުގައި، ނަރުދަމާގެ ވިއުގައެއް ޤާއިމްކޮށް ގޭގެއަށް ނަރުދަމާގެ ހައުސް ކަނެކްޝަން ގުޅައިދީ ޕަމްޕް ސްޓޭޝަން ޤާއިމްކޮށް ސީ އައުޓްފޯލް އެޅުން ހިމެނެއެވެ. މީގެ އިތުރުން ޕަމްޕިން މެއިން ސްޓޭޝަންއެއް ޤާއިމްކުރުމާ، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖެޓިންމެޝިން ފޯރުކޮށްދިނުންވެސް މިމަސައްކަތުގެ ދަށުން ކުރިއަށްދާނެއެވެ.

މިމަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 720 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށް، 56.2 މިލިއަން ރުފިޔާއަށެވެ.

މުޙައްމަދު އިދުރީސް

ބ. ތުޅާދޫގައި 7 ހައުސިން ޔުނިޓަކަށް ފެނާއި ނަރުދަމާ ނޭޅި، ބަޔަކު އިހުމާލުވެފައި.....