ތަރައްްޤީ

ގދ.އަތޮޅު މަދަރުސާގެ އޮފީސް ޢިމާރާތްކުރުމަށް ޙަވާލުކޮށްފި


ގދ.ގައްދޫގައި ހުންނަ އެއަތޮޅު އަތޮޅު މަދަރުސާގެ އޮފީސް ޢިމާރާތްކުރުމަށް ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

މިމަސައްކަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒެވެ. އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙަންމަދެވެ.

ގދ.އަތޮޅު މަދަރުސާގެ އޮފީސް ޢިމާރާތްކުރުމުގެ މަސައްކަތަކީ 2020ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިމަސައްކަތަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު، މިމަސައްކަތް ނިންމުމަށް އަފާމީ މޯލްޑިވްސްއަށް ދީފައިވަނީ 240 ދުވަހުގެ މުއްދަތެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އުއްމީދަކީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި މި މަސައްކަތް މުޅިން ނިންމާލުންކަމަށެވެ.