ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އޭދަފުށީގައި ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. 
މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. އަދި އެމްއެންޔޫއިން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ. 
 
މި މަޝްރޫޢުގެ ދަށުން 6000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާ ހިމެނޭގޮތުނ،ް ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި  3200 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާ ހިމެނ،ޭ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކަކާއި 3000އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން  4000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް ހެދުމާއ،ި 4000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 80.79 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. 
3500 މީހުންގެ އާބާދީއެއް އޮންނަ އޭދަފުއްޓަކީ އަތޮޅު ގެ ވެރިކަން ކުރާ ރަށެވެ. މިރަށަކީ ތަޢުލީމީ ޒުވާނުން ގިނަ ރަށެކެވެ. ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައާއި ކައިރި ރިސޯޓްތަކުގައެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކެމްޕަސްއެއް މި ރަށުގައި ޤާއިމުކުރެވިގެން ދިއުމަކީ ތައުލީމީ ދާއިރާއިން މި ރަށަށް އަދި ބ. އަތޮޅަށް ބޮޑެތި ފައިދާތަކެއް ކުރާނޭ ކެމެކެވެ.