އަތޮޅުތައް

އޭދަފުށީ ބަނދަރުގައި ފެރީޓާމިނަލެއް އަޅަނީ


މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ބަނދަރުގައި ފެރީ ޓާރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.އޭދަފުށީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މިމަޝްރޫއުގެ ދަށުން ޓާރމިނަލްގެ ކޮންކްރީޓް މަސައްކަތް ފަށާފައިވާއިރު، މިމަސައްކަތް ހަވާލުކޮށްފައިވަނީ އޭދަފުށީ އާރު.ވައި.ޓެން އިންވެސްޓްމަންޓާއި ކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. އެކައުންސިލުން ބުނީ ދެބުރިއަށް އިމާރާތްކުރަން ހަމަޖެހިފައިވާ މިޓާރމިނަލްގެ ކޮންކްރީޓް މަސައްކަތް ތިންހަފްތާއެއްހާ ދުވަސްތެރޭގައި ނިމޭނެކަމުގައެވެ.އޭދަފުށީ ކައުންސިލުގެ މެމްބަރު މުހައްމަދު ރިޒާ ވިދާޅުވީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށްގެންދާ މިމަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޓާރމިނަލް ހިޔާކުރުމާއި، ރާނާ ސިމެންތި ޖެހުންފަދަ މަސައްކަތްތައް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް ފެރީ ޓާރމިނަލްގެ މައިގަނޑު މަސައްކަތްތައް މުޅިން ނިންމާލެވޭވަރުވާނޭކަމަށްވެސް އޭދަފުށީ ކައުންސިލުން ބުނެއެވެ.