ކޯވިޑް-19

ކޯވިޑް-19 : 13 މީހުން ޕޮޒިޓިވްވެ، 23 މީހަކު ބަލިން މުޅިން ފަސޭހަވެއްޖެ


ރާއްޖެއިން މިއަދު އިތުރު 13 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 23 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދުގެ 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 7 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން އެކަކާއި ރިސޯޓުތަކުން 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13،537 އަށް އަރާފައެވެ.

މިއަދުވެސް ރާއްޖެއިން 13 މީހުންވަނީ ކޯވިޑް-19އިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 12،983 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 499 އެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 39 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2،455 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް 296،732 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.