ޚަބަރު

ފޯކައިދޫ ބަނދަރު ފުންކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


ށ.ފޯކައިދޫ ބަނދަރު ފުންކުރުމުގެ ޢަމަލީމަސައްކަތް ފަށައިފިއެވެ.

މިރަށު ފަޅު ފުންކުރުމުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ މިހާރު އެމަސައްކަތުގެ %20 މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މުޅި މަޝްރުޢޫގެ %12 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މި މަޝްރުޢުގެ ދަށުން 45،795 ކިއުބިކް މީޓަރގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 507 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 100 މިޓަރުގެ ސަހަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަޅުގައި 464 މީޓަރުގައި އެއްގަމު ތޮށިލުމާއި، 2320 އަކަ މީޓަރުގެ ޕޭވްމަންޓެއްވެސް ބަނދަރު ހިމެނޭ ސަރަހައްދުގައި ހަދާނެއެވެ.

އަދި ނެރު ބައްތި ޖެހުމާއި މަގުބައްތިޖެހުންވެސް މި މަޝްރުއޫ ތެރޭގައި ހިމެނެއެވެ. މި މަޝްރުއޫގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 55.97 މިލިއަން ރުފިޔާއަށެވެ. އަދި މިމަޝްރުއޫގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައެވެ.