ޚަބަރު

ކޯވިޑް-19ގައި އިތުރުު ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ ނިޔާވެފައިވަނީ ޢުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މި މީހާ ނިޔާވެފައިވަނީ މިއަދު މެންދުރު ފަހު 3:50 ހާއިރު ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއަދު މަރުވި މީހާއާއިއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 37 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 7 ބިދޭސީންނެވެ.

މިއަދު ނިޔާވި މީހާއަކީ މި ބަލީގައި ރާއްޖެއިން މިމަހު ނިޔާވި ތިން ވަނަ މީހާއެވެ. މިމަހުގެ 17 ވަނަ ދުވަހުވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.

ކޯވިޑް ބަލީގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ މިއަހަރުގެ މަރޗްމަހުގެ 7 ވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖެއިން 11،178 މިހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިވަގުތުވެސް ބައްޔަށް ފަރުވާހޯދަމުންދާ 1038 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 43 މީހުންނަށްދަނީ ފަރުވާދެމުންނެވެ