ޚަބަރު

މިއަދު 148 މީހުން ޕޮޒިޓިވް، ހޮސްޕިޓަލްގައި ފަރުވާދޭ ޢަދަދު 100އިން މައްޗަށް


ރާއްޖެއިން އިތުރު 148 މީހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 4594އަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ޕޮޒިޓިވްވީ 117 ދިވެހިންނާއި ބަންގްލަދޭޝްގެ 22 މީހުންގެ އިތުރުން އިންޑިއާ 7 މީހަކާއި ނޭޕާލް މީހެއްގެ އިތުރުން ސީޝެލްސް މީހެއްކަމަށެވެ. މީގެތެރެއިްން 2 މީހަކު ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުގެ ރަށްރަށުންނެވެ. ދެން ހިމެނޭ އެންމެންވެސް ޕޮޒިޓިވްވީ މާލެއިންނެވެ.

ބަލިޖެހޭ ދިވެހިންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު މިހާރު ބަލި ޖެހުނު ދިވެހިންގެ ޖުމުލަ ޢަދަދަކީ 2410އެވެ. އަދި ބިދޭސީންގެ ޢަދަދަކީ 2544އެވެ. މިބަލިޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ ޢަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 105 މީހުންނަށެވެ.

މިއަދު ބަލިން ރަނގަޅުވީ 13 މީހުންނެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 2706 މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ.

މިބަލި ޖެހިންގެން ރާއްޖެއިން 19 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.