ޚަބަރު

ވަރުގަދަ އީރާން އަތުން އާދަމް އަދި ސާޖިދުގެ ޕެއާ ބަލިވެއްޖެ


  • އިރާން އަތުން ރާއްޖޭގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުން

ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގެ ފުރަތަމަ މެޗުން އިރާންގެ ޕެއާ އަތުން އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމާ)ގެ ޕެއާ ބަލިވެއްޖެއެވެ.

އިރާން ޕެއާއިން ސާޖިދާއި އާދަމްގެ ޕެއާގެ މައްޗަށް ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. މީގެ ކުރިން ކޮމަންވެލްތް ގޭމްސްގައި ވަރުގަދަ މެޗުތަކެއްގައި ރަނގަޅު ނަތީޖާތަކެއް ސާޖިދާ އެޑަމްގެ ޕެއާއިން ވަނީ ނެރެފައެވެ.

އީރާނުގެ އަބޮލްހައްސާން އާއި އާމިރު އަލީގެ ޕެއާއިން މި މެޗު ކާމިޔާބުކުރީ 21-12 އަދި 21-14 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި އިރާން ޕެއާއިން ވަނީ ތަފާތު މޮޅަށް ކުޅެފައެވެ. އެކަމަކު ދެވަނަ ސެޓުގައި ރާއްޖޭގެ ސާޖިދާއި، އާދަމްގެ ޕެއާއިން ވަނީ އިރާންގެ ޕެއާއަށް ރަނގަޅު ފައިޓެއް ދީފައެވެ.

ދެވަނަ ސެޓުގައި އީރާންގެ ޕެއާއަށް ލީޑު ނެގުނީ ސެޓުގެ މެދާއި ހިސާބުންނެވެ. ދެވަނަ ސެޓުގައި އިރާނުގެ ތަފާތަކަށްވީ ތަޖުރިބާއެވެ.

މީގެ ކުރިން ސާޖިދާއި އާދަމްގެ ޕެއާއިން ވަނީ ވޮލީބޯޅައިން ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑަލް ރާއްޖެއަށް ހޯދައިދީފައެވެ. އެ ފަހަރު ސާޖިދާއި އާދަމްގެ ޕެއާއިން ރަން މެޑަލް ހޯދީ ބީޗް ވޮލީބޯލް ޗެލެންޖު ކަޕުގައި ވާދަކޮށެވެ.

ބީޗްވޮލީގެ ޕްރިލިމިނަރީ ބުރުގައި މާދަމަ ރާއްޖޭގެ އަންހެން ޕެއަރ އާމިނަތު އަރީޝާ އާއި ފާތުމަތުއަނާލް ފިލިޕީންސްގެ ޕެއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެގަޑިން ފަތިހު 5:00 ގައެވެ.