ޚަބަރު

ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުން އިޔާދަކުރުމަށް ގޮވާލައި މަޖިލީހަށް ޤަރާރެއް


ކޯވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބިފައިހުރި ގެއްލުންތައް އަލުން އިޢާދަކުރުމަށްޓަކައި ދައުލަތުގެ އެންމެހައި ވަޞީލަތްތައް ބޭނުންކޮށްގެން ނަމަވެސް، ދިވެހި ސަރުކާރުން އެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތައް އިއާދަކުރުމަށް ލާޒިމުކުރުމަށް ގޮވާލައި މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މިޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ. ޖާބިރުގެ ޤަރާރުގައި ވިދާޅުވީ ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފަރާތްތަކަށް ކޮރޯނާ ވައިރަހުގެ ސަބަބުން އެ ވިޔަފާރިތަކުގެ އޮޕަރޭޝަން ހުއްޓި، ދިވެހި ސަރުކާރުން މި ދަނޑިވަޅުތަކަށް ވިޔަފާރިތައް ކުރިމަތިވެފައިވާ ގެއްލުންތައް ފުރިހަމައަށް އެސެސްކުރަންޖެހޭކަމަށެވެ.

"އެ ވިޔަފާރިތަކަށް ލިބިފައި ހުރި ގެއްލުންތައް އަލުން އިއާދަކުރުމަށްޓަކައި ދިވެހި ދައުލަތުގެ އެންމެހައި ވަޞީލަތްތައް ބޭނުންކޮށްގެން ނަމަވެސް، ދިވެހި ސަރުކާރުން އެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތައް އިއާދަކުރުމަށް ލާޒިމުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަން" ޖާބިރިގެ ޤަރާރުގައިވެއެވެ.

މިޤަރާރުގައި 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އައިސް، ދުނިޔޭގެ ވައިގެބަނދަރުތައް ހުއްޓި ނިމިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، ދިވެހިރާއްޖޭގެ ބޯޑަރުތައްވެސް ބަންދުކުރެވިގެން ދިޔަ މުއްދަތުގައި، 15 އެޕްރީލް 2020 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ވެރިރަށް މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްވާކަން ވަނީ ފާހަނގަކޮށްފައެވެ.

"ފަތުރުވެރިކަމުގެ ސިނާޢަތުގެ ދަށުން ހިންގަމުންދާ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި، ސްވެނިއަރ ސޮޕަތަކުގެ އިތުރުން ދިވެހި އިޤްތިޞާދުގެ ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ އެންމެހާ ވިޔަފާރިތައް ކުއްލި ގޮތަކަށް ހުއްޓުމަށް މަޖުބޫރުކުރެވިގެން ދިއުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު މިވަނީ ކުއްލި ލޮޅުމެއް އައިސް އިނދަޖެހިފަވާ ޙާލަތެއްގަ. މި ވިޔަފާރިތަކަކީ ދިވެހި އެންމެހާ އާއިލާތަކާއި ގުޅިފައިވާ އަދި ޒަމާނުއްސުރެ މި ވިޔަފާރިތައް ކުރަމުންދާ ފަރާތްތައް ހާލުގައި ޖެހި، އެ އާއިލާތަކުގެ ދުވަހުގެ ކޮއްތު ނުލިބޭ ފަނދަ އަނދަވަޅަކަށް ދިވެހިރާއްޖޭގެ މި ވިޔަފާރިތަކުގެ ހާލަތު ވަނީ ގޮސްވެފަ" ޖާބިރުގެ ޤަރާރުގައި ވިދާޅުވިއެވެ.

މިޤްތިޞާދީ މިޙައްޞާސް ދަނޑިވަޅުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ނެގެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ އެންމެހާ ސިނާޢަތްތަކުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގެއްލުންތައް އިއާދަކުކުރުމަށް ކުރަންޖެހޭ އެންމެގައި ކަންކަން ކުރުމަށް ޖާބިރުގެ ޤަރާރުގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

ފާއިޒު

މިބޭފުޅާ ބައްލަވާކަށް ބޭނުމެއްނުވޭ ދައުލަތަށް ފައިސާ ވަންނާނެގޮތެއް އޮތްތޯއެއް. އަބަދުވެސް މުއްސަންދިންނަށް ލިބޭ ގެއްލުމުފެ ބަދަލު ނުވަތަ ވިޔަފާރިތަކަށް ދައުލަތުން ކޮންމެވެސް އެއްޗެއް ނަގަންވިސްނަވަނީ.