ޚަބަރު

މޫސުން އިތުރަށް ގޯސްވެ މުޅި ރާއްޖެއަށް ޔެލޯ އެލަރޓް ނެރެފި


މޫސުން އިތުރަށް ގޯސްވެ މުޅި ރާއްޖެއަށް ޔެލޯ އެލަރޓް ނެރެފިއެވެ. މިގޮތުން ލ އަތޮޅުން އައްޑޫ ސިޓީއާއި ހަމައަށް މިރޭ 19:30ހާއި ހަމައަށް ޔެލޯ އެލަރޓްވަނީ ނެރެފައެވެ. އަދި ބާކީ ސަރަހައްދުތަކަށް ޔެލޯ އެލަރޓް ނެރެފައިވަނީ ހަވީރު 16:00 މާއި ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާއިރު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ހުޅަނގުއުތުރާއި އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެކަމަށް ލަފާކުރެވޭއިރު އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.