ޚަބަރު

ކޯވިޑް-19 : 3 މީހެއްގެ ޙާލު ސީރިއަސް، 2 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި


ޓްރީޓޮޕް ހޮސްޕިޓަލުގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ ޙާލުބޮޑު 3 މީހަކު އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދޭން ފަށައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ އެ 3 މީހުންގެ ޙާލުވެސް ސީރިއަސްކަމަށެވެ. އެޗްޕީއޭއިން ވިދާޅުވީ ދެމީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. އަދި އެމީހުންގެ ޙާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުން ގެންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު ފަރުވާދެމުން އަންނަނީ 399 މީހުންނަށެވެ. އޭގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޙާލަތު އެންމެ ގޯސްވަނީ ޢުމުރުން ދުވަސްވީ މީހުންނާއި، ދިގުމުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލިތައް ތަހަމަލުކުރަމުންދާ މީހުންނަށެވެ.