އާސެނަލްގެ ފޯވަޑް ބުކަޔޯ ސަކާ އަށް އަނިޔާވެ ހަތަރު ހަފުތާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
މި އަނިޔާގެ ސަބަބުން ލީގު ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް އާސެނަލް ކުޅޭ މެޗު ވެސް އޭނާ އަށް ގެއްލޭނެ އެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި އެންޑޯރާ އާއި ސާބިއާ ދެކޮޅަށް އިނގިރޭސި ގައުމީ ޓީމު ކުޅޭ ދެ މެޗުގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ.
23 އަހަރުގެ ފޯވަޑަށް އަނިޔާވީ ހޮނިހިރު ދުވަހު ލީޑްސް ޔުނައިޓެޑް އަތުން އާސެނަލް 5-0އިން މޮޅުވި މެޗުގަ އެވެ.
މީގެ އިތުރުން ކެޕްޓަން މާޓިން އޮޑެގާޑަށް ވެސް ލިވަޕޫލާ ދެކޮޅަށް ކުޅެވޭނެކަން ޔަގީނެއް ނޫނެވެ.
އޭނާގެ ކޮނޑު ހުޅަށް ވަނީ އަނިޔާވެފަ އެވެ. މިއަށްވުރެ އާސެނަލް ކަންބޮޑުވެފައިވަނީ ސަކާގެ އަނިޔާއާ މެދުގަ އެވެ. އޭނާ އަކީ ހުސްވި ސީޒަނުގައި ވެސް ތިން ހަފުތާ ވަންދެން ނުކުޅެ ހުންނަން ޖެހުނު ފޯވަޑެކެވެ.
ގާތްގާތުގައި އޭނާ އަށް އަނިޔާވުމުން އާސެނަލް ކަންބޮޑުވި މައިގަނޑު މައްސަލަ އަކީ އެޓޭކިން ލައިނުގެ މުހިންމު ކުޅުންތެރިން އަނިޔާގައި ތިބުމެވެ. މީގެ ތެރޭގައި ބްރެޒިލްގެ ފޯވަޑް ގަބްރިއަލް ޖެސޫސް އާއި ކައި ހަވަޓްޒް ވެސް ހިމެނެ އެވެ. އަދި ގަބްރިއަލް މާޓިނެއްލީ އާއި ލިއޮނާޑޯ ޓްރޮސާޑް އާއި އީތަން އެންވަނޭރީ އާއި މެކްސް ޑައުމަން ވެސް މުޅިން ފިޓެއް ނޫނެވެ.
މިހެންވެ އިތުބާރު ފޯވަޑަކަށް މި ވަގުތު ކުރީގައި ހުރީ މި ސީޒަނަށް ޕޯޗުގަލްއިން ގެނައި ފޯވަޑް ވިކްޓަރ ޔޯކެރެޝް އެވެ.