ހުޅުމާލެ މެޑިކަލް ފެސިލިޓީ ބޭނުންކުރަން ފެށުމާއެކު ކޯވިޑް-19ގެ ޓްރީޓްމަންޓް ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުންދާ ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތްތައް މަދުކުރާނެކަމަށް އައިޖީއެމްއެޗުން ހާމަކުރައްވައިފިއެވެ. 
ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި މިހާރު 7 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
		
										
										
										
										
			ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން އައިޖީމްއެޗްގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރ އަޙްމަދު ސިރާޖު ވިދާޅުވީ، ދެމަރުހަލާއަކަށް ބަހާލައިގެން އޮޕަރޭޓްކުރާ މި ފެސިލިޓީގެ ފުރަތަމަ މަރުހަލާގައި ބޭނުންކުރާނީ ބީބްލޮކްގައި ހިމެނޭ 48 އެނދުކަމަށެވެ. މި ބްލޮކްގައި 2 އައިސީޔޫ އެނދާއި 1 ޑައިލިސިސް އެނދު ހިމެނޭއިރު ޙާލަތަށް ބަލައި 2ވަނަ ފިޔަވަހީގައި އޭ ބްލޮކްގައި ހިމެނޭ ބާކީ 240 އެނދު ބޭނުންކުރުމަށް ނިންމާފައިވާކަމަށެވެ. 
މިވަގުތު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 16 ވެންޓިލޭޓަރ އައިސީޔޫ އެނދު ހުރިއިރު، މި އެނދުތައް އޮޕަރޭޓްކުރަން ފެށުމާއެކު ކޯވިޑް-19ގެ ޓްރީޓްމަންޓް ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުންދާ ޓްރީޓޮޕް ހޮސްޕިޓަލްގެ "އޮޕަރޭޝަން"ތައް "ޑައުންގްރޭޑް"ކުރަން ނިންމާފައިވާކަމަށް އަހުމަދު ސިރާޖް ވިދާޅުވިއެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލްގައި މިވަގުތު ބޭނުންކުރާ 20 ވެންޓިލޭޓަރު ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަދަލުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. 
		
			އައިޖީމްއެޗްގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރ އަޙްމަދު ސިރާޖް ވިދާޅުވިއެވެ. 
އައިޖީއެމްއެޗާއެކު ހުޅުމާލެ މެޑިކަލް ފެސިލިޓީ އޮޕަރޭޓްކުރުމުގައި ހުޅުމާލެ ހޮސްޕިޓަލުންވެސް ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. 
		
										ޕީއެސްއެމް ނިއުސްއަށް މަޢުލޫމަތުދެއްވަމުން ހުޅުމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މާރިޔާ ސައީދު ވަނީ މި ފެސިލިޓީއަކީ "ސާޖް"އަކަށް ތައްޔާރުވުމަށް ހެދި ފެސިލިޓީއެއް ނަމަވެސް މި ފެސިލިޓީ ދިގު މުއްދަތެއްގައި ބޭނުންކުރެވޭވަރަށް އުމްރާނީގޮތުން ތަރައްޤީކޮށްފައިވާކަމަށެވެ. މި ފެސިލިޓީގައި މިވަގުތުވެސް 11 ޑޮކްޓަރުންނާއި 20 ނަރުހުން އެބަތިއްބެވެ. މިފެސިލިޓީއަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަން ޙައްލުކުރުމަށް މަސައްކަތް ކުރާކަން މާރިޔާ ފާހަގަކުރެއްވިއެވެ.
			މެޑިކަލް ފެސިލިޓީއާ ބެހޭގޮތުން، ހުޅުމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މާރިޔާ ސައީދު ވިދާޅުވިއެވެ. 
މި ފެސިލިޓީ ތަރައްޤީކުރުމަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެންއީއޯސީއިން މީގެކުރިންވަނީ ހާމަކުރައްވާފައެވެ. މި ފެސިލިޓީގައި އެކޮމޮޑޭޝަން ބްލޮކަކާއި، މެޑިކަލް 2 ބްލޮކް، މެސް ރޫމް، ލޯންޑްރީ ރޫމެއްގެ އިތުރުން ހިނަވާގެއެއް ހުރެއެވެ.