ޚަބަރު

އައްޑޫ މީދޫ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި


އައްޑޫ މީދޫ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އައްޑޫސިޓީ މީދޫ އަށް ނިސްބަތްވާ 52 އަހަރުގެ މިއަންހެން މީހާ މިއަދު ހެނދުނު 7:30 ހާއިރު، ގެއިން ނިކުތް ގޮތަށް އަނބުރާ ގެއަށް އައިސްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. މިމައްސަ ފުލުހުންނަށް ހުށަހަޅާފައިވަނީ، މިރޭގެ 7:40 އެހާކަށް ށްހާއިރުއެވެ. މިކަމާބެހޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ގެއްލިގެން ހޯދަމުންދަނީ، ސ. މީދޫ، ވެހި، މަރިޔަމް މަނިކުފާނެވެ.

އައިލާގެ ފަރާތުން މިކަން ހިއްސާ ކުރައްވާ، ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ހެނދުނު ގެއިން ނުކުތް ގޮތަށް އަނބުރާ ގެއަށް އައިސްފައި ނުވާ ކަމަށެވެ. އެމީހާ ފެނިފައިވާނަމަ ނުވަތަ ހުރި ތަނެއް އެނގޭ ފަރާތްތަކުން އައިލާ އަށް އަންގައި ދިނުމަށް އައިލާއިން އެދެވެ.