އަތޮޅުތައް

އައްޑޫގައި ތިބި އިންޑިއާގެ 75 މީހުން އެނބުރި ޤައުމަށް ދާން ފުރައިފި


އައްޑޫގައި ތިބި އިންޑިއާ ރައްޔިތުގެ 75 މީހުން އެނބުރި ޤައުމަށް ދިއުމަށް އައްޑުސީޓީން ފުރައިފިއެވެ. މީމީހުން މިހާރުވަނީ ކަނޑުމަގުން މާލެ ފުރުވާލާފައެވެ.

އައްޑޫސިޓީގައި ތިބި އިންޑިއާގެ ރައްޔިތުނެގެ ތެރެއިން ޤައުމަށް އެނބުރި ދާން ބޭނުވާ މީހުން މީރޭ ފުރުވާލަން ހަމަޖެހިފައިވާ ކަމަށް އައްޑޫގައި އުފައްދާފައިވާ ރެޕިޑް ރެސްޕޮންސް ޓީމުންވަނީ ބުނެފައެވެ. މިމީހުން އަންނަ ހުރުދުވަހު އިންޑިއާއަށް ފުުރުވާލަން ހަމަ ޖެހިފައިވާތީ މިއަދު ވަނީ އެމީހުންގެ ސްކްރީނިން ހަދާފައެވެ.

ސްކްރީނިން ކުރުމުގެ ކަންތައް ކުރިއަށް ދިޔައީ އިންޑިއާ ހައިކޮމިޝަނާއި ގުޅިގެންނެވެ. މިއީ އައްޑޫގައި އިމާރާތް ކުރަމުންދާ ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރުމަށް ދިޔަ އިންޑިއާގެ ރައްޔިތުން ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން 1،800 މީހުން މިހާތަނަށް ގައުމަށް އެނބުރި ގޮސްފައިވެއެވެ. އިތުރު 700 އެއްހާ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

އައްޑޫސިޓީ ކައުންސިލުންވެސް ވަނީ އައްޑޫގައި ތިބި ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީން، ނަންނޯޓު ކުރުމުގެފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން މިހާތަނަށް ސިޓީ ކައުންސިލުގައި 162 ބިދޭސީ އަކު ނަންނޯޓު ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

ކޯވިޑް-19 އާއި ގުޅިގެން އައްޑޫގައި ދިރިއުޅެމުންދާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ބިދޭސީން ދިރިއުޅެމުންދާ ތަންތަންތަން ވަނީ ފާހަގަ ކޮށްފައި ކަމަށްވެސް ކައުންސިލް އިދާާރާ އިން މަޢުލޫމަތު ދެއެވެ.