ޚަބަރު

ކޯވިޑް-19 : އިތުރު 5 މީހަކު ޕޮޒިޓިވްވެއްޖެ


އިތުރު 5 މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 519 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ އެންމެ ފަހުން ޕޮޒިޓިވްވި 5 މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި، ސްރީލަންކާގެ ރައްޔިތެއްކަމަށެވެ.

ރާއްޖެއިން މިއަދުގެ މިހާތަނަށް މިބަޔަށް ޕޮޒިޓިވް ވެފައިވަނީ 28 މީހުންނެވެ. އޭގެތެރޭގައި 22 ދިވެހިން ހިމެނެއެވެ.

ރާއްޖެއިން ޕޮޒިޓިވްވި ބިދޭސީންގެ އަދަދު ވަނީ 341 އިތުރުވެފައެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށް 8037 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ނަތީޖާ ނުލިބި 283 ސާމްޕަލް އެބައޮތްކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

ރާއްޖޭގެ އިތުރު ރަށްތަކަކުންވެސް ކޯވިޑް-19 ޖެހިފައިވާ ބަޔަކު ވަނީ ފެނިފައެވެ. އެގޮތުން ހއ.ތަކަންދޫއިން ވަނީ ތިން މީހުން ޕޮޒިޓިވްވެފައެވެ. އަދި މަނަދޫ މީހަކުވެސް މިއަދު ވަނީ މާލެއިން ޕޮޒިޓިވްވެފައެވެ. ހއ.އުލިގަމުންނާއި، ށ.މިލަންދޫ އަދި ނަރުދޫއިންވެސް ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ.

ރާއްޖޭގައި މިވަގުތު ކަރަންޓީން ފެސިލިޓީސްތަކުގައި 1225 މީހަކު ތިބިއިރު އައިސޮލޭޝަންގައި 400 އަށްވުރެ ގިނަ މީހަކު އެބަތިއްބެވެ.
ކޯވިޑް19 ފެތުރެމުންދާތީ ރާއްޖޭގައި ވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި ފުރަބަންދުވެސް ވަނީ މިމަހުގެ 14ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.