ޚަބަރު

މާޅެންދުއިން ކެނދިކުޅުދުއަަށް ދިޔަ 2 މީހަކު ހައްޔަރުކޮށްފި


ޤަވާޢިދާ ޚިލާފަށް ނ.މާޅެންދުއިން ނ.ކެނދިކުޅުދުއަށް ދިޔަ 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 37 އަހަރާއި 29 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ ދެމީހުން ވަނީ ކޮވިޑް-19އާ ގުޅިގެން މާޅެންދޫގައި އުފައްދާފައިވާ ޓާސްކްފޯހަށް ނޭނގި ރޭގެ ދަންވަރު 00:53 ހާއިރު ކެނދިކުޅުދޫއަށް ގޮސްފައެވެ.

މޮނިޓަރިންގެ ހާލަތަައް ގެނއގޮސްފަައިވާ ކެނދިކުޅުދުއަަށް އެދެމީހުން ގެންގޮސްފައިވަނީ މާޅެންދޫއިން ކުޑަ ދޯންޏެއްގައި އެ ދޯނީގެ ވެރިފަރާތައްވެސް ނޭނގި ކަމަަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެ މީހުން ހުއްދަ ހޯދުމަކާ ނުލައި ކެނދިކުޅުދޫއަށް އަރާފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެމީހުން ގެންދިޔައީ އެނބުރި މާޅެންދޫއަށް އައުމުން ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. ކުށުގެ ވެށިން އެެދެމީހުން ހައްޔަރުމަަށްފަހު އިތުރަށް އެމައްސަލަ ތަހްގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.