ޚަބަރު

ކޯވިޑް-19 : ޢަލާމާތްތައް ފެނިގެން އަމާޒް ބޯޓުން ދަތުރުކުރި 5 މީހެއްގެ ސާމްޕަލް ނަގައިފި


މިމަހުގެ 15ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާތަނަށް ޕްރައިމަރީ ކޮންޓެކްޓްވި 108 މީހުންގެ ތެރެއިން 5 މީހަކު ބަލީގެ ޢަލާމާތްތައް ހުރެގެން ޓެސްޓުހެދުމަށް ސާމްޕަލް ނަގައިފިއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ
އަމާޒު ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ބޯޓުގެ ކްރޫއިން ހިމެނޭހެން 108 މީހަކު ދެނެގަނެވިފައިވެއެވެ. ސެކަންޑްރީ ކޮންޓެކްޓުންގެ ތެރެއިންވެސް އެކަކުގެ ކިބައިން ބަލީގެ ޢަލާމާތްތައް ފެނިފައިވާކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.

98 މީހުންނާއެކު ށ.ނަރުދޫއަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެ ބޯޓުގައި ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައިވެއެވެ.

"މިކަމާ ގުޅިގެން އަޅުގަނޑުމެން ބެލި ރަށްތަކަށް ބަލާއިރު، ށ.މާއުނގޫދޫ، ފީވަށް، މިލަންދޫ، ގޮއިދޫ، ނަރުދޫ. އަދި ނ އަތޮޅުން ހޮޅުދޫ މާފަރު، މިލަދޫ، ކެނދިކޮޅުދޫ އަދި ވެލިދޫ. ހދ. ހިރިމަރަދޫ ކުޅުދުއްފުށި. ހއ. އުތީމު، ދިއްދޫ. ބ. އަތޮޅުން ކެންދޫ މީ މިބޯތާއި ގުޅިގެން އަޅުގަނޑުމެން މީހުން ހޯދަން ބަލާފައިވާ ރަށްތަށެވެ. މިކަމާއި ގުޅޭ އިތުރު މީހަކު އެއްވެސް ރަށަކުން ފާހަގަކުރެވިފައުވާނަމަ އަޅުގަނޑުމެންނަށް އަންގަވާ" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިރަށްރަށް މިހާރުވަނީ މޮނީޓަރިންގެ ޙާލަތުގައެވެ. މިއީ ވަރަށްބޮޑު ކްލަސްޓަރއަކަށްވުން އެކަށީގެންވާކަމަށާ މިބޯޓުގައި ދަތުރުކުރި އެންމެންނާ ސީދާ ދިމާވިމީހުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެންއޯއޯސީންވަނީ ވިދާޅުވެފައެވެ. އެބޯޓުގައި ދަތުކުރި މީހުންނާއި އެމީހުން ދަތުރުކުރި ރަށްރަށުގެ މީހުންވެސް ބައްޔަށް ޝައްކުކުރެވޭނަމަ އެންއީއޯސީއަށް ނުވަތަ އެރަށެއްގެ ސިއްޙީ ޚދިމަތްދޭ މަރުކަޒަށް ގުޅުމަށް އިލްތިމާސްކުރައްވާކަމަށެވެ. އަދި ޢަލާމާތް ފެންނަނަމަ ލަސްނުކޮށް ސައްޙަ މަޢުލޫމާތު ދެއްވުމަށްވެސް ޑޮކްޓަރ އެދިވަޑައިގަތެވެ.