ޚަބަރު

ކޯވިޑް-19 : މާލެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް


އިތުރު މީހަކު މާލެއިން ކޯވިޑަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް އަރައިފިއެވެ.

މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މި މީހާއަކީ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 7 ވަނަ މީހާއާއި ސީދާ ދިމާވި މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 30 މީހެކެވެ. މީގެ ތެރެއިން 10 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން:

15 އޭޕްރީލް - އެކަކު
16 އޭޕްރީލް - 2 މީހުން
17 އޭޕްރީލް - 6 މީހުން
18 އޭޕްރީލް - އެކަކު

ރަނގަޅުވި މީހުން
20 މާރޗް 2020ގައި 2 މީހުން
21 މާރޗް 2020ގައި 1
23 މާރޗް 2020ގައި 2 މީހުން
25 މާރޗް 2020ގައި 3 މީހުން
26 މާރޗް 2020ގައި 1
28 މާރޗް 2020ގައި 2 މީހުން
29 މާރޗް 2020ގައި 2 މީހުން
12 އޭޕްރީލް 2020ގައި 1
14 އޭޕްރީލް 2020ގައި 2 މީހުން

ކޯވިޑް-19 އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.