ޚަބަރު

ކޯވިޑް-19 : މިހާރު ފެންނަމުންދަނީ ވަރަަށް ބިރުވެރި މަންޒަރެއް


މާލެއިން ކޯވިޑް-19 ފެނި އެބަލި ފެތުރެން ފެށުމާއިއެކު މިއަދު ފެންނަމުންދާ މަންޒަރަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ، ބިރުވެރި ހިތާމަވެރި މަންޒަރެކެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒުވަނީ މިޙާލަތަށް ޤައުމު ޤައުމު އަންނަން މެދުވެރިވި ސަބަބުތަކާއި ޙާލަތުގެމައްޗަށް ބައްލަވާލައްވާފައެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންޓަރުގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބުރޫކް ޢަޒީޒް ވިދާޅުވީ މިހާލަތަށް ޤައުމު ދިޔައީ ކަމާބެހޭ ފަރާތްތަކުން ދެމުންދިޔަ އިރުޝާދުތަކަށް އިޖާބަ ނުދިނުމުންކަމަށެވެ. މިހާލަތުގައިވެސް މާސް އަޅައިގެންނާއި، އެނޫންވެސް ގޮތްގޮތަށް މީހުން މަގުތަކަށް ނުކުންނަކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ، މާސްކްއަޅައިގެންވިޔަސް މިޙާލަތުގައި މަގުމައްޗަށް ނުކުތުމަކީ އެއްވެސްވަރެއްގެ ރައްކާތެރިކަމެއް އޮތްގޮތެއް ނޫންކަމަށެވެ.

ކޯވިޑް-19އަށް ޝައްކުކުރެވިގެން ރާއްޖެއިން މިހާތަނަަށް 3885 ސާމްޕަލް ނަގާފައިވެއެވެ. އޭގެ ތެރެއިން ނެގެޓިވް ވެފައިވަނީ 3267 ސާމްޕަލެވެ. ނަތީޖާ ނުލިބި 294 ސާމްޕަލް އެބަހުއްޓެވެ. 246 ސާމްޕަލްއަކީ ކޯވިޑް-19 ރާއްޖެއިން އެންމެފުރަތަމަ ފެނުނު ކުރެއްދޫ ރިސޯޓުން ނަގާފައިވާ ސާމްޕަލްތަކެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 28 މީހެކެވެ. އޭގެ ތެރެއިން 8 މީހުންނަކީ މާލެއިން ފެނިފައިވާމީހުންނެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހިފައިވާ މީހުން

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 28 މީހެކެވެ.

  • 7 މާރޗް 2020ގައި ކުރެއްދުއިން 2 މީހުން
  • 9 މާރޗް 2020ގައި ބަތަލާ ރިސޯޓުން 2 މީހުން
  • 9 މާރޗް 2020ގައި ކުރެއްދުއިން އިތުރު 2 މީހުން
  • 11 މާރޗް 2020ގައި ކުރަމަތި ރިސޯޓުން 2 މީހުން
  • 13 މާރޗް 2020ގައި އަނަންތަރާ ދިގު ރިސޯޓުން 1 މީހުން
  • 14 މާރޗް 2020ގައި ކުރެއްދުއިން 1 މީހުން
  • 15 މާރޗް 2020ގައި އަންނަތާރާ ދިގު ރިސޯޓުން އެކަކު
  • 15 މާރޗް 2020ގައި އައިލެންޑް ސަފާރީން 2 މީހުން
  • 27 މާރޗް 2020ގައި އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސަކު
  • 27 މާރޗް 2020ގައި ރާއްޖެއިން ފުރައިގެންދިޔަ އިޓަލީ 2 މީހަކު
  • 29 މާރޗް 2020ގައި އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސަކު
  • 31 މާރޗް 2020ގައި އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސަކު
  • 01 އޭޕްރީލް 2020ގައި އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސަކު
  • 12 އޭޕްރީލް 2020ގައި ފިލިޕީންސްއިން ރާއްޖެއައި ދިވެއްސަކު

މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުން

  • 15 އޭޕްރީލްގައި އެކަކު
  • 16 އޭޕްރީލްގައި 2 މީހުން
  • 17 އޭޕްރީލްގައި 5 މީހުން

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 16 މީހެކެވެ. އޭގެ ތެރެއިން 3 މީހުންނަކީ ދިވެހިންނެވެ. ބައްޔަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 9 މީހުންނެވެ. މި ނުވަ މީހުންނަކީވެސް ދިވެހިންނެވެ.

ރަނގަޅުވި މީހުން

  • 20 މާރޗް 2020ގައި 2 މީހަކު
  • 21 މާރޗް 2020ގައި އެކަކު
  • 23 މާރޗް 2020ގައި 2 މީހަކު
  • 25 މާރޗް 2020ގައި 3 މީހަކު
  • 26 މާރޗް 2020ގައި އެކަކު
  • 28 މާރޗް 2020ގައި 2 މީހަކު
  • 29 މާރޗް 2020ގައި 2 މީހަކު
  • 12 އޭޕްރީލް 2020 އެކަކު
  • 14 އޭޕްރީލް 202 2 މީހުން

މިވަގުތު ކަރަންޓީން ފެސިލިޓީސްތަކުގައި 1053 މީހުންނެވެ. އޭގެތެރޭގައި މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި މީހުން ހިމެނެއެވެ. އެގޮތުން ކޭސް 23ގެ ގޮތުގައި ބަލާ މީހާއާ ސީދާ ދިމާވި 28 މީހުން ބައިތިއްބާފައިވަނީ ރޯޔަލް އައިލެންޑް ރިސޯޓުން ކޭސް 21އާއި ޑައިރެކްޓް ކޮންޓެކްޓްވި 11 މީހުން ބޭތިއްބިފައިވަނީ އެނބޫދޫ ކަރަންޓީން ފެސިލިޓީސްގައެވެ. އައިސޮލޭޝަން ފެސިލިޓީސްތަކުގައި މިވަގުތު ފަރުވާދެމުންދަނީ 61 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ވެލިދޫގައި ތިބި 28 މީހަކާއި، ފަރުކޮޅުގައި ތިބި 7 މީހުންގެ އިތުރުން ހުޅުލޭގައި ތިބި 25 މީހަކައި، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހެކެވެ.