ވޮލީ

ވޮލީ ޓީމްގެ ކެޕްޓަނަކަށް އިޝާން އަދި ޝައްފަ ހަމަޖައްސައިފި


ޤައުމީ ސީނިއަރ ފިރިހެން ވޮލީ ޓީމްގެ ކެޕްޓަނަށް އިޝާން އަދި އަންހެން
ޓީމްގެ ކެޕްޓަނަކަށް ސައްފަ ހަމަޖައްސައިފިއެެވެ. 

އަންނަ މަހު އެކެއްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ޤައުމީ
ސީނިއަރ ފިރިހެން އަދި އަންހެން ވޯލީ ބޯޅަ ޓީމުގެ ކެޕްޓަންކަން މި ދެކުޅުންތެރިންނާ
ހަވާލްކޮށްފައިވަނީ ޔޫތް ސެންޓަރުގައި އެކަމަށްޓަކައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.

އިޝާން މުހައްމަދުއާއި އައިޝަތު ޝައްފައަށް ކެޕްޓަންކަން ހަވާލުކޮށްދެއްވީ 1979ވަނަ
އަހަރު ރީޔޫނިއަންގައި ބޭއްވި ގޭމްސްގައި ވާދަކުރި ޤައުމީ ވޮލީ ޓީމްގެ ކެޕްޓަން
އަހުމަދު ޝަރީފް (ވިންޓާރ ޝަރީފް)އެވެ. 

ވޮލީ ބޯލް އެސޯސިއޭޝަނުން ބުނީ އިޝާންއަކީ
މިހާރު ޤައުމީ ފިރިހެން ވޮލީ ޓީމްގައި ހުރި އެންމެ އިތުބާރު އެއް
ކުޅުންތެރިޔާކަމަށެވެ. އަދި އެންމެ ގިނަ ދުވަސްވީ އެއް ކުޅުންތެރިޔާކަމަށެވެ.
އަދި ޝައްފައަކީ ކެޕްޓަނެއްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރެވޭނެ އެއް ކުޅުންތެރިޔާ ކަމަށާއި ޚާއްސަކޮށް އަންހެން ޓީމްގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާއެވެ.