ވޮލީ

ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތްގެ ދެވަނަ މެޗް ކާމިޔާބުކޮށްފި


ވީއޭއެމް ޕްރެޒިޑެންޓް ކަޕް ވޮލީބޯޅަ މުބާރާތުގެ ނޯތް ޒޯން އަންހެން ޑިވިޝަން ކޮލިފިކޭޝަންގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށް ސޮސިއިޓީ ފޮރ ކުޅުދުއްފުށީ ޔޫތް ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

މިއަދު ހަވީރު ކުޅުުނު މުބާރާތުގެ ތިންވަނަ މެޗް ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތް ކާމިޔާބުކުރީ ވަރަށް ފަސޭޙަކަމާއެކު ކުޅުދުއްފުށި ޒިގްޒެގް ފޯރ ޔޫތް ލިންކޭޖާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗްގެ ސެޓްތައް ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތް ގެންދިޔައީ 25-19، 25-21 އަދި 25-20 ނެވެ. މި މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ކުރި ހޯދާ ޓީމް ފައިނަލަށް އަދި ދެވަނައާއި ތިންވަނައަށް ދާ ޓީމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ދެވަނަ ފައިނަލަށް ދާގޮތަށެވެ.