ޚަބަރު

ކޯވިޑް-19 : ޔޫއޭއީން ޕޮޒެޓިވްވީ ދިވެއްސެއް ނޫންކަން ޔަޤީންވެއްޖެ


ޔުނައިޓެޑް އަރަބް އެމިރޭޓްސް، (ޔޫއޭއީ)އިން ކޯވިޑް-19އަށް ދިވެއްސަކު ޕޮޒިޓިވްވިކަމަށް ބައެއް ނޫސްތަކުގައި ބުނެފައިވީނަމަވެސް އެއީ ދިވެއްސެން ނޫންކަން ކަށަވަރުވެފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ އެކަމާގުޅިގެން ޔޫއޭއީ ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް މަޢުލޫމާތު ޙިއްސާ ކޮށްފައުިވާކަމަށެވެ. އެގޮތުން އެމީހާއަކީ ދިވެއްސެއް ނޫންކަން މިހާރު ޔަގީން ކުރެވިފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީއިން ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ. އެހީސާބުން ފެށިގެން ފޮރިންގ މިނިސްޓްރީން އެކަމުގެ މައުލޫމާތު ހޯދުމަށް ކުރިމަސައްކަތުން އެއީ ދިވެއްސެއްކަމަށް ނުބެލެވޭކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު، އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކުވެސް ޕޮޒިޓިވް ވެފައިވާކަމުގެ ޚާބަރުތައްވަނީ ލިބިފައެވެ. ނަމަވެސް ސަރުކާރުން އަދި އެކަން ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 16 މީހުން ޕޮޒެޓިވްވެ 11 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.