ކޯވިޑް-19

ކޯވިޑް-19 : ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި 11 ރިޒޯޓެއް ހަމަޖައްސައިފި


ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ރާއްޖޭގެ 11 ރިޒޯޓެއް މިހާރު ހަމަޖައްސާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އެގާރަ ރިޒޯޓަކުން 1158 ކޮޓަރި ހަމަޖައްސާފައިވާކަމަށެވެ. އަދި އެއީ 2288 އެނދުގެ ޖާގަކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ. މި ރިޒޯޓްތައް ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމުގެ މަތިން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުގެ އެހީގައިކަމަށްވެސް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހަމަޖައްސާފައިވާ ރިޒޯޓުތަކާއި، އެ ރިޒޯޓުތަކަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓްތަކުގެ މަޢުލޫމާތު ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އާއްމުކުރައްވާފައެވެ.

އެގޮތުން ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ހަމަޖައްސާފައިވާ ރިޒޯޓުތަކަކީ:

QF-01 – ވިލިވަރު

ފޯކަލް ޕޮއިންޓް : ޢަލީ ހާޝިމް / އެގްޒެކެޓިވް ޑިރެކްޓަރ (9555344)

QF-02 – ހުޅުލޭ އައިލެންޑް ހޮޓެލް

ފޯކަލް ޕޮއިންޓް : ފާތުމަތު ދިޔާމާ އިބްރާހީމް / ކަސްޓަމަރ ރިލޭޝަން އޮފިސަރ (9672767)

QF-03 – ވެލިދޫ އައިލެންޑް ރިޒޯޓް

ފޯކަލް ޕޮއިންޓް : އިބްރާހީމް ފަރުހާދު / ސީނިއަރ ޕޮލިސީ ޑިރެކްޓަރ (9195719)

QF-04 – ފަން އައިލެންޑް ރިޒޯޓް

ފޯކަލް ޕޮއިންޓް : އަލީ ރަޒާން / ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ (9777426)

QF-05 – މަލަހިނި ކުޑަ ބަނޑޮސް

ފޯކަލް ޕޮއިންޓް : މުޙައްމަދު ޚުސާން / ސީނިއަރ ޕޮލިސީ ޑިރެކްޓަރ (7684940)

QF-06 – ބިޔާދޫ އައިލެންޑް ރިޒޯޓް

ފޯކަލް ޕޮއިންޓް : ޢަލީ ހާޝިމް / އެގްޒެކެޓިވް ޑިރެކްޓަރ (9555344)

QF-07 – ދިއްގިރި ޓޫރިސްޓް ރިޒޯޓް

ފޯކަލް ޕޮއިންޓް : ޠައްޔިބު ޝަހީމް / އެގްޒެކެޓިވް ޑިރެކްޓަރ (7864363)

QF-08 – ހޮލިޑޭ އައިލެންޑް

ފޯކަލް ޕޮއިންޓް : އައްޞަދު ރިޒާ / ޑެޕިއުޓީ މިނިސްޓަރ (7779167)

QF-09 – އެނބޫދޫ ވިލެޖް

ފޯކަލް ޕޮއިންޓް : މުޙައްމަދު ސިނާން / އެންވަޔަރަމަންޓް އޮފިސަރ (9685119)

QF-10 – ރޯޔަލް އައިލެންޑް

އިބްރާހީމް ފިކުރީ / އެސިސްޓެންޓް ޑިރެކްޓަރ (9997816)

QF-11 – ވަރު ބައި އެޓްމޮސްފިޔަރ

ޤުސައްޔު އިބްރާހީމް މުޙައްމަދު / ކަސްޓަމަރ ރިލޭޝަން އޮފިސަރ (9533394)


ކަރަންޓީން ފެސިލިޓީތަކަށް ގެންދެވޭ ފަރާތްތަކުންނާއި، އެ ފަރާތްތަކުގެ އާއިލާއިން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ފޯކަލް ޕޮއިންޓްތަކަށް ގުޅައިގެން އެކަން ކުރިއަށްގެންދެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތަށް އަންނަ ބަދަލުތަކަށްބަލާ، މި ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކާއި، ޝައްކުކުރެވޭ ފަރާތްތަކަށް ބޭނުންވާ ފަރުވާދިނުމަށް އައިސޮލޭޝަން ފެސިލިޓީތަކާއި، އެކަހެރިކުރާ ފަރާތްތައް ބައިތިއްބާނެ ކަރަންޓީން ފެސިލިޓީތައް ރާއްޖޭގައި ހިންގާ ރިޒޯޓްތައް ހުސްކޮށްގެންވިޔަސް ޤާއިމުކުރާނެކަމަށް ސަރުކާރުން މީގެ ކުރިންވަނީ ވިދާޅުވެފައެވެ. އަދި މި އިންތިޒާމްތައް ހަމަޖެއްސުމުގައި ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރީން ފިޔަވައި ރާއްޖެ އަންނަ ދިވެހިންނާއި، އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއްވެސް ކަރަންޓީން ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ފަރާތްތައް ކަރަންޓީން ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަކަށެވެ.