މިހާރު ރާއްޖޭގައި އޮތް ޢާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ޑިރެކްޓާ ޖެނެރަލް އޮފް ބަޕްލިކް ހެލްތު އަންގަވާފައިވާ އެންގެވުމާ ޚިލާފަށް ހއ.އަތޮޅުގެ ރިސޯޓަކަށްއެރި އެރިސޯޓްގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ޚިލާފަށް މިއްޔެ ހއ.އަތޮޅުގެ ރިޒޯޓަކަށް އެރިޒޯޓްގެ މުވައްޒިފެއް އެރުމާއިގުޅިގެން ހުކުރު ދުވަހުގެރޭ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިމައްސަލަ މިހާރު އިތުރަށް ތަޚްޤީޤް ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދަޅުވެފައެވެ.
ފުލުހުން ވިދާޅުވީ ރާއްޖޭގެ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކާ އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އަޅުއްވާނެކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުންވަނީ ރިޒޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިޒޯޓުތަކަށް މީހުން ދަތުރުކުރުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށްވަނީ އަންގަވާފައެވެ.
ނަމަވެސް މިމުއްދަތުގެ ތެރޭގައިވެސް ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާ އަދާކުރުމަށް ރިޒޯޓުތަކަށް ދެވޭނެކަމަށާއި އެހެންނަމަވެސް އެއްވެސް މުވައްޒަފަކަށް ރިސޯޓުން ފޭބުމުގެ ހުއްދައެއް ނެތްކަމަށްވަނީ އަންގާފައެވެ. އަދި މިއާ ޚިލާފަށް ޢަމަލުކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމާފައެވެ. އަދި ރިސޯޓުން ޓޫރިސްޓުން އެއަރޕޯޓަށް ގެންދަންޖެހޭ ޙާލަތުގައި އެކަމަށް ދާ މުވައްޒަފުން ފަތުރުވެރިން ފުރުވާލުމަށްފަހު އަނބުރާ ރިޒޯޓަށް ދާ ގޮތަށް އެފަރާތްތަކަށް އެ ހުއްދަ ވަނީ ދީފައެވެ.